އިނގިރޭސިވިލާތުން ފެނިފައިވާ ކޮވިޑް-19ގެ އައު ސްޓްރެއިންއަށްވެސް ބައޯއެންޓެކްއާ ފައިޒާއިން އުފައްދާފައިވާ ވެކްސިން މަސައްކަތްކުރާނެކަމަށް ބައޯއެންޓެކްގެ ސީއީއޯ އޫރް ޝާހީން ވިދާޅުވެއްޖެއެވެ. 

އަންގާރަ ދުވަހު "ދަ އެސޯސިއޭޓެޑް ޕްރެސް"އަށް ދިން ހާއްސަ އިންޓަވިއުއެއްގައި އޫރް ޝާހީން ވަނީ އައު ސްޓްރޭނައަށް ވެކްސިން މަސައްކަތްކުރާނެކަމުގެ ޗާންސް ވަރަށް މަތިކަމަށް ބުނެފައެވެ. އަދި މިކަން ޔަގީންކުރުމަށް މިހާރު ތަހުލީލުތައް ހެދެމުންދާއިރު، ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި ޔަގީންވާނެކަމަށްވެސް ބުނެފައިވެއެވެ.

ވެކްސިންއެއް ޓާގެޓް ކުރާ މައި އެއްޗަކީ ވައިރަހުގެ ޕްރޮޓީންއަށް ކަމަށްވާއިރު، އައު ސްޓްރެއިންގެ ޕްރޮޓީންއާ ވެކްސިން އުފައްދާފައިވާ ސްޓްރެއިންގެ ޕްރޮޓީންއާ 99 އިންސައްތަ އެއް ގޮތެވެ. އެހެންކަމުން، ވެކްސިން އައު ސްޓްރެއިންއަށް މަސައްކަތްކުރާނެކަމަށް ގިނަ ސައިންސްވެރިންވެސް ވަނީ ބުނެފައެވެ.

ކޮވިޑް-19ގެ އައު ސްޓްރޭންޑް އެންމެ ފުރަތަމަ އިނގިރޭސިވިލާތުން ފެނުނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ހަލުވި ކަމާއެކު ފެތުރޭ މި ސްޓްރެއިންޑް، ނޮވެމްބަރު މަހު އިނގިރޭސިވިލާތުން ޕޮޒިޓިވްވީ މީހުންގެ ހަތަރުބައި ކުޅަ އެއް ބައި މީހުންނަށް ޖެހިފައިވެއެވެ.

މި އައު ސްޓްރެއިންޑްއަކީ ކުރީ ސްޓްރެއިންޑަށްވުރެ ނުރައްކާތެރި ސްޓްރެއިންޑެއްކަން އަދި ކަށަވަރުވެފައެއް ނުވެއެވެ. އެހެންނަމަވެސް، ހަލުވި ކަމާއެކު ފެތުރުމުގެ ޗާންސް ހައިކަމަށްވާތީ ގިނަ ގައުމްތަކަކުން ވަނީ އިނގިރޭސިވިލާތަށް ދަތުރުކުރުން މަނާކޮށްފައެވެ. އޭގެ ތެރޭގައި ތެރޭގައި ފްރާންސް، ޖައުމަނުވިލާތް، އިޓަލީ، ނެދަރލެންޑްސް އަދި އޮސްޓްރިއާ ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.