އެއް ކްލަބަކަށް އެންމެ ގިނަ ލަނޑު ޖަހައިގެން ބްރެޒިލްގެ ޕެލޭ ގާއިމްކޮށްފައިވާ ރެކޯޑް ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ މުގުރާލައިފިއެވެ. 

މެސީ މި ރެކޯޑް މުގުރާލީ ރޭ ރެއާލް ވަލަޑޮލިޑްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. މި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސާއެވެ. އެޓީމުގެ ފުރަތަމަ ލަނޑު 21 ވަނަ މިނެޓުގައި ކްލެމެންޓް ލެންގްލޭ ޖަހައިދިންއިރު ދެވަނަ ލަނޑު 35 ވަނަ މިނެޓުގައި ޖަހައިދިނީ މާޓިން ބްރައިތުވެއިޓުއެވެ. ޕެލޭގެ ރެކޯޑް މުގުރާލުމަށް މެސީ ލަނޑު ޖެހީ 65 ވަނަ މިނެޓުގައެވެ. 

މީގެކުރިން އެއް ކްލަބަކަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް ޕެލޭގެ އަތުގައި އޮންނަނީ 643 ލަނޑު ސަންޓޯސްއަށް ޖަހައިދީގެންނެވެ. އެ ރެކޯޑާއި ވެލެންސިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ އެއްވަރުކުރިއިރު ރޭ އޭނާ ވަނީ އެ ރެކޯޑް މުގުރާލާފައެވެ. ޕެލޭ އޭނާގެ ރެކޯޑް ގާއިމްކުރީ 1956 އިން 1974 އަށް ސަންޓޯސްއަށް ކުޅުނުއިރުއެވެ. 

2005 ވަނަ އަހަރު ބާސާއަށް ފުރަތަމަ ލަނޑު ޖަހައިދިން މެސީ ވަނީ އެ ކްލަބާއެކު 10 ލަލީގާ އަދި ހަތަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އަންނަ ސީޒަނުގައި އޭނާގެ ކޮންޓްރެކްޓް ހަމަވާއިރު ބާސާއިން އޭނާ ފެންނާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.