ކަރން ޖޯހަރާއި ރިތިކް ރޯޝަން

ބޮލީވުޑްގެ މަޝްހޫރު އެއް ފިލްމް އުފެއްދުންތެރިއެއް ކަމަށްވާ ކަރަން ޖޯހަރު ހުށަހަޅައިދެމުން އަންނަ "ކޮފީ ވިތް ކަރަން" ޝޯ އަށް ދައުވަތު ދިނުމުން ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ރިތިކް ރޯޝަންއަށް ވަނީ ޝޯގައި ބައިވެރިވުމަށް އިންކާރު ކޮށްފައެވެ.

ސެލްބްރިޓީންގެ އާންމު ދިރިއުޅުމުގެ ވާހަކަތައްވެސް ހިއްސާ ކުރާ، ބެލުންތެރިންގެ މެދުގައި އެންމެ މަގުބޫލު މި ޝޯ އަށް ދިއުމަށް ރިތިކް އިންކާރު ކޮށްފައިވަނީ ރިތިކް ގެ ފިލްމް "ކާބިލް" ރިލީޒް ކުރި ދުވަސްވަރު، އެ ފިލްމްގެ ޕްރޮމޯޝަން މަސައްކަތް ކުރިއަށް ދިޔައިރުއެވެ.

ރިތިކް އާއި އެކު މިޝޯގައި ފެނިގެންދަނީ ޔާމީ ގޯތަމް އެވެ. ރިތިކް ޝޯއަށް ދިއުމަށް އިންކާރު ކޮށްފައިވަނީ ޔާމީ އަށް ދައުވަތު ނުދީ ރިތިކް އެކަނި ޝޯގައި ބައިވެރިވުމަށް އެދުމުންނެވެ. ޔާމީ އަށް ދައުވަތު ދީފައި ނުވަނީ ޔާމީ އަކީ އެހާ މަޝްހޫރު ތަރިއަކަށް ނުވުމުންނެވެ.

އެކަމާއި ގުޅިގެން ރިތިކް ކަރަން ކައިރި ބުނެފައިވަނީ ފިލްމްގެ ބަތަލާ އަކީ ޔާމީކަމަށް ވުމުން ޔާމީއަށް ނުދެވެންޏާއި އޭނާވެސް ނުދާނެ ކަމަށެވެ.

އަދި އެ ޝޯގައި އެފަހަރު ރިތިކް ބައިވެރި ވެފައި ނުވާކަން ވަނީ ހާމަވެފައެވެ.

"ކާބިލް" ރިލީޒް ކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. މި ފިލްމްގައި ރިތިކް އަދާކޮށްފައިވަނީ ލޯފަން މީހެއްގެ ރޯލެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.