ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމަޔަށް ވައިޓް އެލަރޓް ނެރެފިއެވެ.
މެޓް އޮފީހުން މި އެލަރޓް ނެރެފައިވަނީ މިއަދު ހެނދުނު 08:00 އިން ފެށިގެން 14:00 އާ ހަމަޔަށެވެ.
އެ އޮފީހުން ބުނެފައިވާ ގޮތުގައި މި ގަޑިތަކުގައި މި އަތޮޅުތަކުގައި ހިމެނޭ ރަށްތަކަށް ބޯކޮށް ވާރޭވެހި 40 މޭލާ ހަމަޔަށް ވައި ޖެހޭނެއެވެ.
މި ދުވަސްކޮޅަކީ ރާއްޖޭގެ މޫސުން ގޯސް ދުވަސްކޮޅެކެވެ.