އައްބާސް އަދި މާރިޔާ ކުރިޔަށް ގެންދެވި ބައްދަލު ކުރެއްވުމުގެ ތެރެއިން -- ފޮޓޯ: މޯލްޑިވްސް ޑިފެންސް

ޑިމޮކްރަސީއަށް ރާއްޖެ ކުރަމުންދާ ދަތުރުގައި އައްބާސް ފާއިޒަކީ ރާއްޖެއަށް ދެގޮތެއްނުވާ ރައްޓެއްސެއް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ އައްބާސްއާ ބައްދަލު ކުރެއްވުމަށްފަހުއެވެ. ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން މާރިޔާ އައްބާސްއާ ބައްދަލުކުރެއްވީ އައްބާސްއަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ތަހުގީގާއި ދައުވާ އަދި ޝަރީއަތުގެ ކަންކަން މޮނިޓަރ ކުރުމަށް ސަރުކާރުގެ ފަރާތުން ކަނޑައަޅާފައިވާ ހާއްސަ މަންދޫބަށް ވީމައެވެ.

މާރިޔާ ވިދާޅުވީ އައްބާސްއާ ބައްދަލުކުރައްވަން ލިބިވަޑައިގެންނެވުމަކީ ލިބުނު އުފަލެއް ކަމަށެވެ. އަދި އޭނާއަކީ ރާއްޖެއިން ޑިމޮކްރަސީއަށް ކުރަމުންދާ އުނދަގޫ ދަތުރުގައި ރާއްޖެއަށް ދެގޮތެއް ނުވާ ރައްޓެއްސެއް ކަމަށް ވެސް މާރިއާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން ވައްޓާލި ދުވަސް ކަމަށްވާ 7 އަދި 8 ފެބްރުއަރީ 2012ގައި ރައީސް ނަޝީދާއި އެހެނިހެން ޑިމޮކްރެސީ އެކްޓިވިންޓުންނާއެކު ވާކަން ހާމަ ކޮށްދިނުމަށް އައްބާސް ވެސް ރާޅުގަނޑު ސަރަހައްދުގައި އިށީނދެލައިގެން އިންނެވި ހަނދާންވާ ކަމަށެވެ.

 

މި މަހުގެ 2 ވަނަ ދުވަހު އައްބާސް ރާއްޖެ ވަޑައިގެންފައިވާއިރު، އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އާއި، މައްސަލަ ތަހުގީގު ކުރުމަށް އެމްޑީޕީއިން އެކުލަވާލާފައިވާ ކޮމިޓީ އަދި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއާވެސް ބައްދަލު ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ ހައިސިއްޔަތުން މޭ 6 ގެ ހަމަލާޔާގުޅޭ އެންމެހައި ތަހުގީޤެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި، އިންސާފުޤާއިމުކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއް ވެސް ތައްޔާރުކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުން އައްބާސް ފާއިޒް އައްޔަންކުރައްވާފައި ވަނީ މޭ މަހުގެ 19 ވަނަ ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *