ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ބާރު މިނުގައި ކުރިއަށްދާކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ. 

އެމްޓީސީސީއިން މިއަދު ބުނެފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން، އެއްގަމު ތޮށި ލުމުގެ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން، މިހާރު ކުރިއަށް ދަނީ އެއްގަމު ތޮށި ލުމަށް ބޭނުންވާ އެލް ބްލޮކް އެތުރުމުގެ މަސައްކަތެވެ.

މި މަޝްރޫޢުގެ ދަށުން 72،800 ކިއުބިކް މީޓަރު ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއި، 566 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި، 135 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި، 2،825 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖަހައި ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއަށް 68.66 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވެއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 29 ނޮވެމްބަރ 2019 ގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.