މާލޭ ރައްޔިތުންނަށް ގޯތި އަދި ފްލެޓްވެސް ލިބޭނެކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ވިދާޅުވެއްޖެ އެވެ. 

ފަލާހް މިހެން ވިދާޅުވީ، ވެސްޓްޕާކް ސަރަޙައްދުގައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ)އާ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް ގުޅިގެން ތަރައްގީކޮށްފައިވާ ޕާކާއި ބަސް ސްޓޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ފަލާހް ވިދާޅުވީ، މާލޭ ސަރަހައްދުގައި ދިރިއުޅުއްވާ ރައްޔިތުންގެ ގިނަ ޝަކުވާތަކެއް އެބަހުރިކަމަށެވެ. ކުރީ ސަރުކާރުތަކުން މާލެ ރައްޔިތުންގެ ހަގީގީ ބޭނުންތައް ފުއްދައި ނުދޭކަމަށާއި ބްރިޖްއަކާއި އިމާރާތެއް ބިނާ ކުރެވުމަކުން އަދި ނުނިމޭނެކަމަށް ވިދާޅުވިއެވެ. 

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ފަލާހް ވިދާޅުވީ، މާލެއަށް ތަރައްގީ ގެނެވޭނެކަމަށާއި އެކަން ކުރެވޭނީ އެ ވިސްނުން ހުރި ބޭފުޅުންނަށް ކަމަށެވެ. ގިނަ ސަރުކާރުތަކަކުން މާލޭގެ ރައްޔިތުންނަށް ދިމާވާ އުނދަގޫތަކަށް ހައްލެއް ހޯދައިދީފައިނުވާކަމަށާއި، މި ސަރުކާރުގެ ވިސްނުމަކީ އެ ހައްލުތައް ހޯދައިދިނުންކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

މާލޭ ރައްޔިތުންނަށް ގޯތި ދިނުމާއި ގުޅޭގޮތުންވެސް މި ރަސްމިއްޔާތުގައި ފަލާހު ވާހަކަދެއްކެވިއެވެ. އެގޮތުން، ގޯތީގެ އިތުރުން ފްލެޓްވެސް އިރާދަކުރެއްވިއްޔާ ލިބޭނެކަމަށް ފަލާހު ވިދާޅުވިއެވެ. އެކަންކަން ކުރެވެމުންދާ ކަމަށާއި، އެކަންކަން ހަގީގަތަކަށް ހެދުމަށް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރުން މުހިންމުކަން ފާހަގަކުރެއްވިއެވެ. 

ޕާކާއި ބަސް ސްޓޮޕް ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވެވި ރަސްމިއްޔާތުގައި ފަލާހުގެ އިތުރުން، ނައިބު ރައީސް ފައިސަލް ނަސީމް، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަޞީމާއި، މާލެ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދާއި، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުޞައިން ޢަމްރު މުޙައްމަދު ރަޝާދުގެ އިތުރުން ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.