ސްޕެނިޝް ލަލީގާގައި އެއިބާގެ މައްޗަށް ކުރި ހޯދައި ތާވަލުގެ ކުރީގައި އޮތް އެޓްލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑުން އަރާ ހަމަކޮށްފިއެވެ. 

މި މެޗު ރެއާލް މެޑްރިޑްއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ 6 ވަނަ މިނެޓުގައި ކަރީމް ބެންޒެމާ ރެއާލްއަށް ލީޑު ނަގައިދިންއިރު އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ޖަހައިދިނީ ލޫކާ މޮޑްރިޗްއެވެ. މެޗުގެ 28 ވަނަ މިނެޓުގައި އެއިބާއިން ނަތީޖާގެ ފަރަގު ކުޑަކުރިއިރު މި ލަނޑު އެޓީމަށް ޖަހައިދިނީ ކީކޭއެވެ. ރެއާލްއިން މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ ލޫކަސް ވަސްކުއޭޒްއެވެ. 

ސްޕެނިޝް ލަލީގާގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ސެވިއްޔާ އަދި ރެއާލް ވަލަޑޮލިޑް ވަނީ 1-1 އިން އެއްވަރުވެފައެވެ. ސެލްޓަ ވީގޯއިން އަމިއްލަ ދަނޑުގައި 2-0 އިން ޑިޕޯޓިވޯ އަލްވޭސް ބަލިކުރިއިރު ގްރަނަޑާއިން ވަނީ 2-0 އިން ރެއާލް ބެޓިސް ބަލިކޮށްފައެވެ. އަދި ގެޓާފޭއިން ވަނީ 2-0 އިން ކާޑިޒް ބަލިކޮށްފައެވެ. 

ތާވަލުގެ އެއްވަނާގައި ލަނޑުގެ ތަފާތުން 29 ޕޮއިންޓާއެކު އެޓްލެޓިކޯ އޮތްއިރު އެޓީމަށްވުރެ ދެ މެޗު އިތުރަށް ކުޅެގެން ހަމަ 29 ޕޮއިންޓާއެކު ދެވަނަ ލިބެނީ ރެއާލް މެޑްރިޑަށެވެ. ތިންވަނާގައި 26 ޕޮއިންޓާއެކު ރެއާލް ސޮސިއެޑާޑް އޮތްއިރު ހަތަރުވަނާގައި އޮތީ ވިޔަރެއާލްއެވެ. ފަސް ވަނާގައި 21 ޕޮއިންޓާއެކު އޮތީ ބާސެލޯނާއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.