ހުޅުމާލޭ ވަން އެވެނިއުއިން މިނި މާރޓް / ކޮންވީނިއަންސް ސްޓޯރ އެއް ހަދަން ޖާގަ ދޫކުރަން ނިންމާފައިވާކަމަށް ހައުސިންގ ޑިވޮލަޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީއިން މިއަދު ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން، މިނި މާރޓެއް ނުވަތަ ކޮންވީނިއަންސް ސްޓޯރ އެއް ހެދުމަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 1،726.74 އަކަފޫޓުގެ ސަރަހައްދެކެވެ. ފުރަތަމަ ފަސް އަހަރަށް އެންމެ ދަށް އަގުކަމަށް އެޗްޑީސީއިން ކަނޑައަޅާފައިވަނީ ސްކުއާ ފޫޓަކަށް 32 ރުފިޔާއެވެ.
ހުޅުމާލޭ ފިތުރޯނު މަގުގައި ހުންނަ ވަން އެވެނިއު އިން މިނި މާރޓެއް ހެދުމަށް ޖާގަ ދޫކުރުމަށް ނިންމާފައި މިވަނީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ. މި ސަރަހައްދުގައި ވަން އެވެނިއުގެ އިތުރުން އަދި އެހެން އެޕާޓްމެންޓް ކޮމްޕްލެކްސްތައްވެސް ހުރެއެވެ.
އެޗްޑީސީއިން މައުލޫމާތު ދީފައިވާ ގޮތުގައި، ޝައުގުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 14 ޖެނުއަރީ 2021 ވަނަ ދުވަހުގެ މެންދުރު 02:00 އެވެ.