ލ.އިސްދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށްދާކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީއިން މިއަދު ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން ކުރިއަށްދާ ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކެވެ.

މި ޕްރޮޖެކްޓުގެ ދަށުން 27،129 އަކަމީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 230 މީޓަރުގެ އެއްގަމު ތޮށިލުމާއި 208 މީޓަރުގެ ބޭރު ތޮއްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން 98 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި 1،560 އަކަމީޓަރުގެ ސަރަހައްދެއްގެ ޕޭވްމަންޓު ހެދުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން އެމްޓީސީސީއިން ކުރާނެއެވެ. މި މަސައްކަތް އެމްޓީސީސީއިން ކުރަމުންދަނީ ޑިޒައިން އެންޑް ބިލްޑްގެ އުސޫލުންނެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ދުވަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރަސްޓްރަކްޗަރއިން އެމްޓިސީސީއާ މި މަޝްރޫއު ހަވާލުކުރީ 330 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 34.7 މިލިއަން ރުފިޔާއަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.