ފަސް މީހުންނާއެކު ދަތުރުކުރަމުންދިޔަ ދޯންޔެއް ނެރަކަށް އުރިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވާ ގޮތުގައި "ގޮމަ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯނި އުރިފައިވަނީ ގއ. ދެއްވަދޫ ނެރުގެ އިރުމަތީ ފަރާތު ފައިކައްޓަށެވެ. މި ހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހެނދުނު 08:15 ހާއިރު ކަމަށާއި މިހާރު ސަދަން އޭރިއާ ކޯސްޓްގާޑުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެއް ކަމަށްވާއިރު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހާއި އެމްއެންޑީއެފްއިން އިލްތިމާސްކޮށްފައިވެއެވެ.