ވެސްޓްޕާކް ސަރަހައްދުގައި ތަރައްގީކުރި ބަސް ސްޓޮޕާއި ޕާކް ހުޅުވައިފިއެވެ. ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ)، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް ގުޅިގެން ހުޅުވާފައިވާ މި ޕާކާއި ބަސް ސްޓޮޕް ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.

ޕާކާއި ބަސް ސްޓޮޕް ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވެވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަޞީމާއި، މާލެ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދާއި، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުޞައިން ޢަމްރު މުޙައްމަދު ރަޝާދުގެ އިތުރުން ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯ އެމްޑީ އަމްރު ވިދާޅުވީ، އަލަށް ހުޅުވިގެން ދިޔަ ބަސް ސްޓޮޕްގެ ސަބަބުން މާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ބަހުގެ ހިދުމަތް ލިބިގަތުމުގައި އިތުރު ލުއިތަކެއް ލިބިގެންދާނެކަމަށެވެ. އެސްޓީއޯގެ ގިނަ މުވައްޒިފުންގެ އެހީތެރިކަމާއެކު ހުޅުވިގެންދިޔަ މި ބަސް ސްޓޮޕާއި ޕާކުގެ މަސައްކަތް އެހާ ފުރިހަމަ ކަމާއެކު ނިންމާލެވުމުން، އެކަމަށްޓަކައި އެސްޓީއޯގެ މުވައްޒިފުންނަށް އަމްރު ޝުކުރު އަދާކުރެއްވިއެވެ.

ވެސްޓް ޕާކް ސަރަހައްދުގައި ބަސް ސްޓޮޕެއް ގާއިމްކުރެވިގެން ދިއުމާއެކު، މިހާރު އެ ސަރަހައްދަށްވަނީ ބަހުގެ ހިދުމަތްވެސް ދޭން ފަށާފައެވެ. މި ބަސް ހުއްޓިއާއި ޕާކަކީ އެސްޓީއޯގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ޕްރޮގްރާމުގެ ދަށުން ބިނާކޮށްފައިވާ ތަންތަނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.