އިއްޔެ އެކަނި ވެސް ރާއްޖެއަށް 5500 އަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފިއެވެ. 

މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވަނީ ޓޫރިސްޓުން އައުމުގެ އައު ރެކޯޑެއް އިއްޔެ ރާއްޖެއިން ގާއިމްކޮށްފައިވާ ކަމަށެވެ. އެގޮތުން އިއްޔެ ރާއްޖެއަށް 5555 ޓޫރިސްޓުން ޒިޔާރަތްކުރި ކަމަށާއި އެންމެން އެކުގައި މަސައްކަތްކޮށްފި ނަމަ ޓޫރިޒަމް ސިނާއަތް ކޮޅަށް ޖެހުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޑރ. މައުސޫމްގެ ޓްވީޓްގައި ވަނީ މި ރެކޯޑްތައް ގާއިމްކުރުމަށް އެހީތެރިވަމުންދާ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. 

ކޮވިޑް 19 އާ ގުޅިގެން ބޯޑަރު ބަންދުކުރުމަށްފަހު ޖުލައި 15 ވަނަ ދުވަހު އަލުން ހުޅުވާލުމާއެކު ރާއްޖޭގެ ޓޫރިޒަމް އަންނަނީ ދުވަހެއް ދުވަހަކަށް ރަނގަޅުވަމުންނެވެ. އަދި ޔޫރަޕުގެ ގައުމުތަކަށް ފިނި މޫސުން އައުމާއެކު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ކޮންމެ ދުވަހަކު ވެސް މިވަރުގައި ހިފަހައްޓާލެވޭނެ ކަމަށް ބެލެވެއެވެ.

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ފަސް ލައްކައަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލުމަށްފަހު ވެސް އެއް ލައްކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުން މިހާރު ރާއްޖެއަށް 27 އެއާލައިނަކުން އަންނަނީ ދަތުރުކުރަމުންނެވެ. ހަމައެހެންމެ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދިޔަ އެންމެ ބޮޑު އެއް ކުރިއެރުމަކީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ލީޑިންގ ޑެސްޓިނޭޝަންގެ މަގާމު ލިބިގެންދިޔުމެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.