ސަލްމާން ޚާން އާއި ކެޓްރީނާ ކެއިފް

"ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ބައި "ޓައިގާ 3" ގެ ޝޫޓިންތައް ދުވަސްތަކެއް ވަންދެން މެދުކެނޑުމަށްފަހު އަލުން ފަށަން ތައްޔާރުވެއްޖެެވެ.

ސުޕަރ ސްޓާރ ސަލްމާން ޚާން އާއި ކެޓްރީނާ ކެއިފް ލީޑް ރޯލުން ފެނިގެންދާ މި ފިލްމްގެ ޝޫޓިންތައް ފެށުމަށް ހަަމަޖެހިފައިވަނީ މިމަހުގެ 23 ގައި މުމްބާއީ ގައެވެ.

މީގެ އިތުރުން އެހެން ގައުމުތަކުގައި ޝޫޓް ކުރުމަށް ހަމަޖެހިފައިވާ މަންޒަރުތައް އަންނަ އޮގަސްޓް މަހަށް ވަނީ ޝެޑިއުލް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މަނީޝް ޝަރުމާ ޑައިރެކްޓްކުރާ "ޓައިގާ 3" ގެ ޝޫޓިންތައް މިއަހަރުގެ ފެބްރުއަރީގައި ފެށިނަމަވެސް ކޮވިޑް -19 އާ ގުޅިގެން ހުއްޓުމަކަށް އައިސްފައިވާއިރު، މިދިޔަ މެއި މަހުގެ ތެރޭގައި އިންޑިއާ އަށް އެރި ތޫފާނުގައި ފިލްމުގެ ސެޓަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

އެހެންކަމުން ފިލްމްގެ ޝޫޓިންތައް ފެށުމުގެ ކުރިން ސެޓް އަލުން މަރާމާތު ކުރަން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން ގައުމުން ބޭރުގައި ޝޫޓް ކުރުމަށް ހަމަޖެހިފައިވާ މަންޒަރުތައް ޝޫޓް ކުރާނެ ކަމަށް ބޮޑަށް ބެލެވެނީ ދުބާއީ ގައެވެ.

މި ފިލްމްުގައި ސަލްމާން އާއި ކެޓްރީނާގެ އިތުުރުން ނެގެޓިވް ރޯލުން ފެނިގެންދާނީ އިމްރާން ހާޝްމީ އެވެ. އަދި މިއީ ސަލްމާނާ އެކު އިމްރާން މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *