މޯލްޑިވްސް ޕޯޓްސް ލިމމިޓެޑުން ފޯރުކޮށްދޭ ސެލްފް ސަރވިސް "ޕިކްޕޯސްޓް" ގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން، ގްރޭޓަރ މާލޭ ބަސް ޓާމިނަލްގައި ޕިކްޕޯސްޓް ސްޓޭޝަނެއް ހުޅުވައިފިއެވެ.

މި ޕިކްޕޯސްޓް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް، އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލްއެވެ. މި ހިދުމަތް ފައްޓަވައި ދެއްވުމަށްފަހު މިނިސްޓަރ މަލީހުވަނީ ޕޯސްޓްގެ ހިދުމަތް ފުޅާކުރުމަށް ގިނަ ފަރާތްތަކަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ބިލްޑިންގތައް ފަރުމާކުރުމުގައިވެސް ޕޯސްޓް ޑެލިވަރ ކުރެވޭނެފަދަ ގޮތަކަށް ފަރުމާކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގްރޭޓަރ މާލޭ ބަސް ސްޓޭޝަންގައި ހުޅުވުނު ޕިކްޕޯސްޓްއާއެކު މިހާރު ޖުމްލަ 4 ޕިކްޕޯސްޓް ގްރޭޓަރ މާލޭ ސަރަހައްދުގައި ހުރެއެވެ. އެއީ ވެލާނާގޭގައި، ޕޯސްޓް އޮފީހުގައި އަދި ހުޅުމާލޭގައެވެ. 

އައު ޕިކްޕޯސްޓް ހުޅުވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަފީގު ވިދާޅުވީ، މިއީ ސަރުކާރުގެ އާންމު ހިދުމަތްތައް ތަރައްގީކުރުމުގެ ސިޔާސަތުގެ ދަށުން ކުރެވެމުންދާ މަސައްކަތްކަމަށެވެ. މިހާރުވެސް އިތުރު 2 ޕިކްޕޯސްޓް ސްޓޭޝަން ގާއިމްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ޝަފީގު ވިދާޅުވިއެވެ.

މާލޭގައި އަލަށް ހުޅުވިގެންދިޔަ ޕިކްޕޯސްޓްއާއެކު މި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.