ގްރޭޓަރ މާލޭ ސަރަހައްދުގައި ދެމުން އަންނަ ބަހުގެ ހިދުމަތް ދިނުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހާމަކުރައްވައިފިއެވެ. 

މިވަގުތު ބަހުގެ ހިދުމަތް މާލޭ ސަރަހައްދުގައި ދެމުން އަންނަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންނެވެ. އެހެން ނަމަވެސް އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރަން ހަމަޖެހިފައިވާކަން ރައީސް ވަނީ ރޭ އެމްޓީސީސީއަށް 40 އަހަރު ފުރުމާއި ގުޅިގެން ސަންގު ޓީވީއިން ގެނެސްދިން "ކާމިޔާބު 40" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

މާލޭ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރަށް ވެސް ހެޔޮ ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. މާލެ، ހުޅުލެ އަދި ހުޅުމާލޭގައި މިހާރު ބަހުގެ ޚިދުމަތް ދެމުން އަންނަނީ އެމްޕީއެލް އާއި އެމްޓީސީސީއިން ކަމަށްވާއިރު އެމްޓީސީސީއަކީ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ދިނުމަށް ޚާއްސަ ކުންފުންޏެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ސަރުކާރުގެ ސިޔާސަތަކީ މި ސަރަހައްދުގެ ބަހުގެ ހިދުމަތް ވެސް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔުން ކަމަށް ރައީސް ވިދާޅުވިއެވެ. 

އެކަމާއި ގުޅިގެން މިހާރު ކުރިޔަށްދާ މަޝްވަރާތައް ނިމި މި ފެށޭ އަހަރުގެ ކުރީކޮޅު އެމްޓީސީސީއިން އެ މަސައްކަތާއި ހަވާލުވާނެ ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ކުންފުނިން އިތުބާރުހުރި ރަނގަޅު ހިދުމަތްތަކެއް ދޭން ފަށާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.