ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މާލޭ ސަރަހައްދުގައި ކޮންމެ ރެޔަކު ހިންގަމުންދިޔަ ކާފިއު އުވާލައިފިއެވެ. 

މިއަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހުން ފެށިގެން ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އަންނަނީ ކާފިއު ހިންގަމުންނެވެ. އެހެން ނަމަވެސް ރޭ އެޗްޕީއޭއިން ވަނީ މި ކާފިއު އުވާލިކަން އަންގާފައެވެ. މިފަހަރު އުވާލާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު އިއުލާންކުރި ކާފިއުއެވެ. އެފަހަރު ވަނީ ރޭގަނޑު 12:00 އިން ފަތިހު 04:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް މަގުމައްޗަށާއި އާއްމު ތަންތަނަށް ނުކުތުން މަނާކޮށްފައެވެ. 

ކާފިއު އުވާލި ނަމަވެސް އެފަހަރުގެ އެންގުމުގައި ވާ އެހެނިހެން ފިޔަވަޅުތަކާއި ލުއިތަކާއި އިސްތިސްނާތައް ދެމިއޮންނާނެ ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. 

ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދިޔަ ނަމަވެސް މިހާރު އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން ދަށްވުމާއި ގުޅިގެން އެޗްޕީއޭއިން އަންނަނީ ފިޔަވަޅުތަކަށް ލުއިދީ ބައެއް ފިޔަވަޅުތައް އުވާލަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.