ޓޫރިޒަމްގެ ހިދުމަތްދޭ 445 ފެސިލިޓީއެއް މިވަގުތު ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ހާމަކޮށްފިއެވެ. 

އެ މިނިސްޓްރީއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި 445 ފެސިލިޓީގައި 38,645 އެނދެއް އަންނަނީ އޮޕަރޭޓްކުރަމުންނެވެ. އެގޮތުން 16 ޑިސެމްބަރާ ހަމަޔަށް 138 ރިސޯޓް ހުޅުވާފާއިރު އެއީ އެނދުގެ އަދަދުން ބަލާނަމަ 32,212 އެނދެވެ. ހަމައެހެންމެ 178 ގެސްޓް ހައުސްގައި 3,936 އެނދެއް އަންނަނީ އޮޕަރޭޓްކުރަމުންނެވެ. މީގެއިތުރުން 129 ސަފާރީ އުޅަނދަކަށް ހިދުމަތް ދިނުމަށް ހުއްދަ ދޫކޮށްފައިވާއިރު އެއީ 2،497 އެނދެވެ. 

ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއެކު ހުއްޓިގެންދިޔަ ފަތުރުވެރިކަމުގެ ސިނާއަތް އަންނަނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ފަސް ލައްކައަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލުމަށްފަހު ވެސް އެއް ލައްކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. 

ދުނިޔޭގެ އެކިކަންކޮޅުތަކުން މިހާރު ރާއްޖެއަށް 27 އެއާލައިނަކުން އަންނަނީ ދަތުރުކުރަމުންނެވެ. ހަމައެހެންމެ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދިޔަ އެންމެ ބޮޑު އެއް ކުރިއެރުމަކީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ލީޑިންގ ޑެސްޓިނޭޝަންގެ މަގާމު ލިބިގެންދިޔުމެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.