މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އާއި ގުޅެން ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ. 

މި ޕްރޮގްރާމްގެ ފުރަތަމަ ސެޝަން ހދ.ކުޅުދުއްފުށި އަތޮޅު ތަޢުލީމީ މަރުކަޒުގައި މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، މި ސެޝަންގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފްގެ އިތުރުން ސަރވިސް ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤު ބައިވެރިވެވަޑައިގެން ޒިޔާރަތްކުރި ފަރާތްތަކަށް މައުލޫމާތު ދެއްވާފައިވެއެވެ.

އެގޮތުން، ސިފައިންގެ ވަޒީފާއަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް ސިފައިންގެ އާއި ސިފައިންގެ ވަޒީފާ އާ ގުޅޭ ގޮތުން މަޢުލޫމަތު ދީފައިވެއެވެ. މީގެތެރޭގައި، ސިފައިން ގެއަށް ވަންނަ ފަރާތްތަކަށް ކުރިއަށް ދެވޭނެ ދާއިރާތަކާއި އެ ފަރާތްތަކަށް ހުރި ފުރުސަތުތަކާއި ގުޅޭ ގޮތުން މައުލޫމާތު ދީފައިވެއެވެ. 

މީގެއިތުރުން، ސިފައިންގެ ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ސިފައިންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ފުރުންވެސް މި ޕްރޮގްރާމް ތެރޭގައި ކުރިއަށް ގެންގޮސްފައިވެއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި، ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު 2021 ޖަނަވަރީ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ކުރިއަށް ދާ ދުވަސްތަކުގައެވެ. ހދ.ކުޅުދުއްފުށީގެ އިތުރުން ހއ.ދިއްދޫ އާއި ހއ.އިހަވަންދޫގައިވެސް މި ޕްރޮގްރާމް ކުރިއަށް ދާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.