އެންމެ ގިނަ މެރެތަން ދުވެފައިވާ ދިވެހި ދުވުންތެރިޔާ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ސްޓާފް ސާޖަންޓް ނަޞްރުﷲ އަޙްމަދުގެ 60 ވަނަ މެރެތަންކަމަށްވާ ނިއުޔޯކް ލިބަރޓީ ރަންގެ މެޑައްޔާއި ޖަރޒީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހަދިޔާކުރައްވައިފިއެވެ. 

މެޑައްޔާއި ޖަރޒީ ރައީސްއަށް ހަދިޔާކުރެއްވީ އެކަމަށް ހާއްސަކޮށްގެން ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވަނީ މެރެތަން ދުވުމުގެ ދާއިރާއިން ނަޞްރުﷲ ހޯއްދަވާފައިވާ ކާމިޔާބީ ފާހަގަކުރައްވާ އެ ކަމަށް މަރުޙަބާ ދަންނަވާފައެވެ. އަދި އޭޝިއާ ސަރަހައްދުގެ އެންމެ ގިނަ މެރެތަން ދުވެފައިވާ ދުވުންތެރިޔާއަށް ވުމަށް ނަޞްރުﷲ ކުރައްވަމުން އަންނަ މަސައްކަތުގައި ރައީސް ހިއްވަރު ދެއްވައި އެ މަސައްކަތުގައި ދެމިހުންނެވުމަށް އެދިވަޑައިގެންނެވިއެވެ.

ނަޞްރުﷲ އަޙްމަދުވަނީ ޖުމްލަ 65 މެރެތަން ދުވެފައެވެ. އޭނާ ވަނީ ފަސްވަނަ ހިންދުސްތާން މެރެތަން ތިން ގަޑިއިރާއި 29 މިނެޓު 38 ސިކުންތުން ނިންމައި އެ މެރެތަންއިން އެއްވަނަ ހާސިލްކޮށްފައެވެ. އެވްރެޖްކޮށް ހަތަރު ގަޑިއިރުން މެރެތަންއެއް ނިންމާ ނަޞްރުﷲ ފާހަގަކޮށްފައިވާ ގޮތުގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ފަސްވަނަ ހިންދުސްތާން މެރެތަންއަކީ އޭނާގެ އެންމެ ކާމިޔާބު އެއް މެރެތަންއެވެ. 

މެރެތަން ދުވުމުގެ އިތުރުން މީހުން ތަމްރީން ކުރުމުގައިވެސް ނަޞްރުﷲ ހަރަކާތްތެރިވެއެވެ. މި ގޮތުން ރާއްޖޭގެ ފުލް-މެރެތަން އަދި ހާފް-މެރެތަންގެ ރިކޯޑު ހާސިލުކޮށްފައިވާ ޝިފާޒު މުޙައްމަދާއި، ފަސް ކިލޯމީޓަރުގެ ރެކޯޑު ހާސިލުކޮށްފައިވާ މުޙައްމަދު ރަޝީދު، އެ ކާމިޔާބީތައް ހޯދާފައި ވަނީ ނަޞްރުﷲ އެހީތެރިކަމާއެކުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.