2020 ވަނަ އަހަރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަސް ލައްކަވަނަ ޓޫރިސްޓު މިއަދު ދިވެހިރާއްޖެއަށް އަތުވެއްޖެއެވެ.

ރާއްޖެއަށް އައި ފަސް ލައްކަވަނަ ޓޫރިސްޓަކީ ޖަރުމަންވިލާތަށް ނިސްބަތްވާ ކިއަރސްޓަން މެޑަލިން ނިޓްކަ ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާ ރާއްޖެއަށް އައިސްފައިވަނީ އޭނާގެ ބައިވެރިއާ އާއެކު އެމިރޭޓްސްގެ ފްލައިޓްއަކުން މިއަދު ހެނދުނު 11:05ގައެވެ.

ފަސް ލައްކަވަނަ ޓޫރިސްޓަށް ހޫނު މަރުހަބާއެއް ކިޔުމުގެ ގޮތުން އިމިގްރޭޝަން ކައުންޓަރުން ފެށިގެން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، ސޭޝްއަކާއި މާފައްޗެއް އެޅުވުމުގެ އިތުރުން ހާއްސަ ސަގާފީ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މީގެއިތުރުން، އެމްއެމްޕީއާރްސީ، އެމްއޭސީއެލް، އެލައިޑް އިންޝުއަރެންސް، އަދި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ހާއްސަ ހަދިޔާތަކެއް ކިއަރސްޓަން މެޑަލިންއަށް އަރުވާފައިވެއެވެ. އަދި، ކޮކޯ ބޮޑު ހިތީގެ އައިލެންޑް ވިލާއެއްގައި ހަތް ރޭ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތުވެސް އޭނާއަށް ލިބިފައިވެއެވެ.

ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ނުހަނު ބޮޑު ގެއްލުމެއް ލިބިފައިވީ ނަމަވެސް މިހާރު އަންނަނީ މަޑުމަޑުން ރަނގަޅު ވަމުންނެވެ. އެގޮތުން، ޓޫރިޒަމް މިނިސްޓްރީއިން ކުރިން ލަފާކޮށްފައި އޮތީ ފަސް ލައްކަވަނަ ޓޫރިސްޓް ދިވެހިރާއްޖެއަށް ޒިޔާރަތް ކުރާނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުކަމަށެވެ. 

އެހެންނަމަވެސް، ކުރިން ލަފާކޮށްފައި އޮތް ދުވަހަށްވުރެ އަވަހަށް ފަސް ލައްކަވަނަ ޓޫރިސްޓު ޒިޔާރަތްކޮށްފައިވާއިރު، ޓޫރިޒަމް މިނިސްޓްރީއިން ލަފާކުރަނީ މިއަހަރު ނިމުމުގެ ކުރިން ދިވހެިރާއްޖެއަށް 525،000 ޓޫރިސްޓުން ޒިޔާރަތްކުރާނެކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.