ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ހާލު ބެލުން ޕޯޓަލްއަށް ދިމާވި މައްސަލަތައް ހައްލުކޮށްފިއެވެ. 

އެ އިދާރާއިން ކުރި ޓްވީޓެއްގައި ވަނީ މިހާރު އެ މައްސަލަތައް ހައްލުކޮށް ހިދުމަތްތައް ދިނުމަށް އަލުން ފެށިފައިވާ ކަމަށެވެ. އެގޮތުން މިހާރު ހޯމް ކަރަންޓީނުވުމުގެ ރިކުއެސްޓްތައް ފޮނުވޭނެ ކަމަށާއި އަދި ކޮވިޑް 19 ގެ ޓެސްޓް ނަތީޖާތަކުގެ އިތުރުން އެހެނިހެން ޑޮކިއުމެންޓްތައް ވެސް ބަލާލެވޭނެ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. 

ހާލުބެލުން ޕޯޓަލްގައި ކޮންމެ މީހަކަށް ވެސް ރެޖިސްޓްރީ ކުރެވޭއިރު ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ޢަލާމާތެއް ފެންނަ ނަމަ މި ޕޯޓަލްގައި ރަޖިސްޓްރީކުރެވޭނެއެވެ. އަދި އެހެން ގެޔަކަށް ހޯމް ކަރަންޓީންއަށް ދާނަމަ، ޙާއްޞަކޮށް ގްރޭޓަރ މާލެ ސަރަޙައްދުން ރަށްރަށަށް ދާނަމަ ހޯމް ކަރަންޓީންކުރުމަށް އެދެވޭނީ މި ޕޯޓަލް މެދުވެރިކޮށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.