އިނގިރޭސި ޕްރިމިއަރ ލީގުގައި ޓޮޓެންހަމް ހޮޓްސްޕަރސްގެ މައްޗަށް ކުރި ހޯދައި ތާވަލުގެ އެއްވަނަ މަގާމަށް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ޖެހިލައިފިއެވެ. 

އަމިއްލަ ދަނޑުގައި ޓޮޓެންހަމްގެ މައްޗަށް ލިވަޕޫލް ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ލިވަޕޫލްއިން ޖެހި ފުރަތަމަ ލަނޑު މެޗުގެ 26 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ މުހައްމަދު ސަލާހުއެވެ. މެޗުގެ 33 ވަނަ މިނެޓުގައި ޓޮޓެންހަމްއިން އެއްވަރުކުރިއިރު މި ލަނޑު އެޓީމަށް ޖަހައިދިނީ ދެކުނު ކޮރެއާގެ ފޯވާޑް ސޮންއެވެ. މި މެޗުން ލިވަޕޫލް މޮޅުވި ލަނޑު 90 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ރޮބާޓޯ ފިރްމީނޯއެވެ. 

ޕްރިމިއަރ ލީގުގައި ވެސްޓް ހަމް އަދި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ފުލަމް އަދި ބްރައިޓަން ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވިއިރު ރަށުން ބޭރުގައި އެވަޓަންއިން ވަނީ 2-0 އިން ލެސްޓާ ބަލިކޮށްފައެވެ. އާސެނަލް އަދި ސައުތުހެމްޕްޓަންގެ މެޗު 1-1 އިން އެއްވަރުވިއިރު ލީޑްސް އިން ވަނީ 5-2 އިން ނިއުކާސަލް ބަލިކޮށްފައެވެ. 

ޕްރިމިއަރ ލީގުގެ ތާވަލުގެ އެއްވަނާގައި 28 ޕޮއިންޓާއެކު ލިވަޕޫލް އޮތްއިރު ދެވަނައިގައި 25 ޕޮއިންޓާއެކު އޮތީ ޓޮޓެންހަމްއެވެ. ތިންވަނައިގައި 24 ޕޮއިންޓާއެކު ސައުތުހެމްޕްޓަން އޮތްއިރު ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ހަތަރުވަނަ ލިބެނީ ލެސްޓާ އަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.