ހުޅުމާލޭގައި މެދުފަންތީގެ 162 ހައުސިންގ ޔުނިޓް އެޅުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރެއިންބޯ މެގަ ޑިވެލޮޕަރސްއާއެކު މިއަދު ސޮއިކޮށްފިއެވެ. 

މީގެކުރިން "މިކްސްޑް ރެޒިޑެންޝިއަލް ޑިވެލޮޕްމަންޓް" ގެ މި އެއްބަސްވުމުގައި ސޮއިކޮށްފައި އޮތީ މެގަ އިންފްރާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑާއެކުއެވެ. އެހެން ނަމަވެސް މިއަދު އަލުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި ކުންފުންޏާއި ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުޏެއް ކަމަށްވާ ރެއިންބޯ މެގަ ޑިވެލޮޕަރސްއާއެކުއެވެ. 

އެޗްޑީސީގެ ފަރާތުން މިއަދު އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭ ޑިރެކްޓަރ ޝުހައިލް އަހްމަދުއެވެ. އަދި ރެއިންބޯ މެގަ ޑިވެލޮޕަރސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މާޒިން އިބްރާހީމްއެވެ. މި 162 ހައުސިންގ ޔުނިޓް ގާއިމްކުރުމަށް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.