އިންޑިޔަން އޯޝަން ރިމް އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (އަޔޯރާ) ގެ އެއްބަސްވުމެއްގައި ދިވެހިރާއްޖެއިން ސޮއިކޮށްފިއެވެ. 

ރާއްޖެއިން ސޮއިކޮށްފައިވަނީ "ކޯޑިނޭޝަން އެންޑް ކޯޕަރޭޝަން އޮފް ސާރޗް އެންޑް ރެސްކިއު ސަރވިސް އިން ދަ އިންޑިއަން އޯޝަން ރީޖަން" އެގްރީމަންޓްގައެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއެވެ. 

މި އެއްބަސްވުމަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހިނގާ އެކި އެކި ހާދިސާތަކާއި ގުޅިގެން ވައިގެ މަގުންނާއި ކަނޑުގެ މަގުން ފުރާނަ ސަލާމަތްކުރުމަށްޓަކައި ހިންގޭ ސާރޗް އެންޑް ރެސްކިއު މަސައްކަތުގައި އަޔޯރާގެ މެމްބަރު ގައުމުތަކުގެ މެދުގައި ކުރެވޭ މަސައްކަތްތައް އިތުރުކޮށް ގުޅުން ބަދަހިވެގެން ދިޔުމަށް މަގުފަހިކުރެވޭ އެއްބަސްވުމެކެވެ. 

އަޔޯރާގެ މައިގަނޑު މަޤްޞަދަކީ އިންޑިއާ ކަނޑުގެ ޤައުމުތަކުގެ އެކި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ޤައުމުތަކުގެ ސިޔާސަތު އެއްގޮތްކޮށް އެކުގައި މަސައްކަތްކުރުމެވެ. ހަމައެހެންމެ އަޔޯރާއިން އަންނަނީ އިންޑިއާ ކަނޑުގައި ދިމާވާ ކަނޑުފޭރުމުގެ މައްސަލައާއި ޓެރަރިޒަމް ފަދަ އިންޑިއާ ކަނޑުގެ ސަލާމަތާގުޅުންހުރި މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.