ދިވެހިރާއްޖޭގެ އެންމެ ބޮޑު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

އެމްޑީޕީއިން އިއުލާންކޮށްފައިވާ ގޮތުގައި، މި މަގާމަށް ފަރާތެއް ހޮވުމުގައި ބަލާނެ ޝަރުތު ތަކަކީ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ހުރިކަން ސާބިތުކޮށްދިނުމާއެކު، ޔުނިވާރސިޓީ ޑިގްރީއެއް ލިބިފައިވުމުގެ އިތުރުން ހިންގުމުގެ ތަޖުރިބާ ލިބިފައިވާ އެމްޑީޕީގެ މެންބަރެއް ކަމުގައި ވުމެވެ.

މި މަގާމަށް ހޮވޭ ފަރާތަކަށް މުސާރައިގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ ދެ ފަރާތަކުން އެއްބަސްވާ އަގެކެވެ. މަގާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ޝަރުތުފުރިހަމަވާ ފަރާތްތަކުން 23 ޑިސެންބަރ ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް އަށް ސިޓީއާއި ވަނަވަރު ހުށަހެޅުއްވުން އެމްޑީޕީއިން ވަނީ އެދިފައެވެ.

އެމްޑީޕީގެ އެސްޖީގެ މަގާމަށް މީހަކު ހޮވުމަށް އިއުލާންކޮށްފައި މިވަނީ އެ މަގާމުގައި ހުރި އަނަސް އަބްދުއްސައްތާރުގެ ދައުރު ހަމަވެފައިވާތީއެވެ. އެސްޖީގެ މަގާމަށް އަނަސް އައްޔަންކުރެވުނީ 11 ފެބްރުއަރީ 2015ގައެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި މާލެ ސިޓީ މޭޔަރުގެ މަގާމަށް ކުރިމަތިލުމަށް ހަމަޖެހިފައިވަނީ އަނަސްއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.