މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ނޮދަރން އޭރިއާ ޅ.މާފިލާފުށީގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އެގެޒެކެޓިވް ބުލޮކްގެ ބިންގާ އަޅައިފިއެވެ. 

އަލްފާޟިލް ޗަމްޕާ މުޙައްމަދު މޫސާގެ ދީލަތި އެހީތެރިކަމާއެކު އިމާރާތް ކުރާ އެގެޒެކެޓިވް ބުލޮކްގެ ބިންގާ އަޅުއްވައި ދެއްވީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި އަލްފާޟިލް ޗަމްޕާ މުޙައްމަދު މޫސާއެވެ. މިކަމަށް ހާއްސަ ކޮށްގެން އިއްޔެ ޅ.މާފިލާފުށީގައި ބޭއްވެ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްވަނީ ޗަމްޕާ މުޙައްމަދު މޫސާއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި، ސިފައިންގެ އުމްރާނީ ތަރައްޤީއަށް އަދި ސިފައިންގެ ވެލްފެއާ ކަންކަމަށް އަމިއްލަ ފަރާތްތަކުން ވެދެއްވަމުންގެންދަވާ ދީލަތި އެހީތެރިކަން ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

6 ކޮޓަރި ހިމެނޭ މި އެގްޒެކެޓިވް ބުލޮކްގެ ހުރިހާ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވަނީ އަލްފާޟިލް ޗަމްޕާ މުޙައްމަދު މޫސާ ގެ ދީލަތި އެހީތެރިކަމާއެކުގައެވެ. އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ބައެއް ޖެނެރަލް އޮފިސަރުންނާއި ނޮދަން އޭރިއާގެ ކޮމާންޑަރ ކާނަލް އިސްމާޢީލް ޝަރީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.