މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފަސްކޮށްފައިވާ ސުންގަޑިތަކުގެ، އައު ސުންގަޑިތައް އިއުލާން ކޮށްފިއެވެ

މީރާ އިން ކރުި އިއުލާނެއްގައި ބުނީ، އޮންލައިންކޮށް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށް ޓެކްސް ދައްކާ ހުރިހައި ފަރާތްތަކަށް ލާޒިމުކޮށްފައިވާ ޓެކްސްތައް ފިޔަވައި، އެނޫން ޓެކްސްތަކުގެ ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިތަކުގެ އިތުރުން، މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ދެއްކުމުގެ ސުންގަޑިތަކުގެ ތެރެއިން 27 މޭ 2021 އިން ފެށިގެން 10 ޖުލައި 2021 އާ ދެމެދު އައިސްފައިވާ ނުވަތަ އަންނަ ސުންގަޑިތަކުގެ ފަސްކޮށްފައިވާ ސުންގަޑިއަކީ 11 ޖުލައި 2021 ކަމަށެވެ. 

މީރާއަށް ހުށަހަޅާ އެންމެހައި ޓެކްސް ބަޔާނާއި، ދައްކާ އެންމެހައި ޓެކުހާއި، އަދި އެހެނިހެން ފައިސާ އޮންލައިންކޮށް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާކަން އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމުގެ މުހިއްމުކަން ފާހަގަކޮށް، އެންމެހައި ފަރާތްތަކުން އޮންލައިންކޮށް މީރާގެ ހިދުމަތް ހޯދުމަށްވެސް މީރާ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ސުންގަޑިއަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، ނުވަތަ މީރާއިން އިތުރު އެއްވެސް މައުލޫމާތެއް ހޯއްދެވުމަށް ބޭނުންވާ ފަރާތްތަކުން، ރަސްމީގަޑީގައި މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވުމަށް ނުވަތަ ވައިބަރ ނަންބަރު 9821415 އަށް މެސެޖްކުރެއްވުމަށް މީރާއިން ވަނީ އެދިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *