ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: މަޖިލިސް އިދާރާ

ނަފްރަތުގެ އަމަލުތައް ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ހުށައަޅާފައިވާ ބިލު މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މަޖިލީހުގެ މަސައްކަތްތައް އިތުރުވުމާއިއެކު މި ދައުރުވަނީ މިއަދުގެ ނިޔަލަށް ދައްމާލާފައެވެ. އެގޮތުން މިއަދު 14:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާއަށް މުހިއްމު ބިލުތަކެއްގެ މަސައްކަތް އެޖެންޑާކޮށްފައިވެއެވެ.

އޭގެ ތެރޭގައި، ކޮމިޓީތަކުން ހުށައަޅާ ކަންކަމުގެ ތެރޭގައި ނަފްރަތުގެ ބިލާއި އޮޑިޓަރ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމުގެ މައްސަލަ ވަނީ އެޖެންޑާކޮށްފައެވެ. މި ކޮމިޓީ ރިޕޯޓުތަކުގެ ބަހުސް މިއަދު ނިންމާ، ވޯޓަށް އަހާނެއެވެ.

އާއްމުންގެ ކަންބޮޑުވުން އޮތް ނަފްރަތުގެ ބިލާއި މެދު މިއަދު ގޮތް ނިންމާއިރު، މި ބިލަށް ކޮމިޓީން ގެނައި އިސްލާހުތަކުގެ އިތުރަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވަނީ އިސްލާހުތަކެއް ހުށައަޅުއްވާފައެވެ.

ދީނަށް ފުރައްސާރަކޮށް، މަލާމާތްކުރުމަކީ ކުށެއް!

މި ބިލަށް ކޮމިޓީން ގެނައި ބަދަލުތަކަށް ވެސް ދީނީ އިލްމުވެރިންގެ ފާޑުކިއުން އަމާޒުވެފައިވެއެވެ. އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ފިޔަވާ އެހެން ހުރިހާ ޕާޓީތަކުން ވަނީ ނަފްރަތުގެ ބިލަށް ތާއީދު ނުކުރާނެކަން ހާމަކޮށްފައެވެ.

އެހެންނަމަވެސް މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ 65 މެމްބަރުން ތިއްބަވާއިރު، އެ ހުރިހާ މެމްބަރުން މި ބިލަށް ވޯޓު ދެއްވައިފިނަމަ ބިލު ފާސްވެގެންދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.