ދަނޑުވެރިކަމާއި ގުޅުން ހުރި މަސައްކަތްތައް ކުރުމަށް ދޫކުރުމަށް ސަރުކާރުން ނިންމި ބ. މާއްޑޫ އެ މަސައްކަތްކުރުމަށް ދޫނުކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ނިންމައިފިއެވެ. 

އެ މިނިސްޓްރީއިން ވަނީ މިކަން މިއަދު ހާމަކޮށްފައެވެ. އެތުން، އެ ރަށަށް ބިޑް ކުރުމަށް ބީލަންފޮތް ބައްލަވަގެންފައިވާ ފަރާތްތަކުން ބިޑިންގ ޑޮކިއުމަންޓްގެ އަގުގެ ގޮތުގައި މި މިނިސްޓްރީއަށް ދައްކަވާފައިވާ ފައިސާ އަނބުރާ ލިބޭނޭ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ. 

އޭރު ސަރުކާރުން އެ ރަށް ދޫކުރުމަށް ނިންމީ ދިވެހިރާއްޖޭގައި ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކޮށް ދިނުމަށް ކަމަށް ހާމަކޮށްފައިވެއެވެ. ހަމައެހެންމެ އެރަށްތަކަށް އޭރު ދެއްކުމަށް ހަމަޖެހިފައިވާ އަހަރީ ކުއްޔަކީ އަހަރަކަށް އަކަފޫޓަކަށް 10 (ދިހައެއް) ލާރިއެވެ. 

މާއްޑޫގެ އިތުރުން ހއ. މަޑުލު، ށ. ކަކާއެރިޔަދޫ، ށ. ނެޔޮ، ނ. ތޮޅެންދޫ، ޅ. ޅޮއްސަލަފުށި އަދި ގއ. އޮއިނިގިއްލާ ދޫކުރުމަށް އިއުލާންކޮށްފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.