ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ އިސްތިއުފާއަށް ގޮވާލައި އެގައުމުގައި މުޒާހަރާކުރަން ފަށައިފިއެވެ. 

އެގައުމުގެ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ ލާހޯރުގައި ވަނީ 11 ސިޔާސީ ޕާޓީއެއް އެކުވެގެން ކޮވިޑް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ޚިލާފަށް މުޒާހަރާކޮށްފައެވެ. ޕާކިސްތާން ޑިމޮކްރަޓިކް މޫވްމަންޓްއިން ނަން ދީފައިވާ މި މުޒާހަރާތަކުގެ ތެރެއިން ޖެނުއަރީ މަހުގެ ތެރޭގައި އެގައުމުގެ ވެރިކަންކުރާ ރަށް ކަމަށްވާ އިސްލާމްއާބާދުގައި ވެސް މުޒާހަރާކުރުމަށް ވަނީ ނިންމާފައެވެ. 

މި މޫވްމަންޓްގައި ހިމެނޭ ޕާޓީތަކުގެ ތެރޭގައި ކުރީގެ ދެ ބޮޑުވަޒީރުން ކަމަށްވާ ނަވާޒް ޝަރީފް އާއި ބޭނަޒީރު ބުއްޓޫގެ ޕާޓީތައް ހިމެނެއެެވެ. ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވުމާއި، އިގްތިޞާދު ހީނަރުވުމުގެ އިތުރުން އިންސާނީ ހައްގުތަކަށް އިމްރާން ޚާންގެ ސަރުކާރުން އަރައިގަންނަ ކަމަށް މި 11 ޕާޓީއިން ދެކެއެވެ. މި މުޒާހަރާތަކުގެ ތެރެއިން އަވަސް އިންތިޚާބަކަށް ދިޔުމަށް ވެސް ގޮވާލަމުންދާއިރު އެގައުމުގެ ސަރުކާރުން އެގޮތަށް އަމަލުކުރާނެ ކަމަކަށް ނުބެލެވެއެވެ. 

ޕާކިސްތާނުގެ އިގްތިޞާދު ރަނގަޅުވަމުން އަންނަކަމުގެ ނިޝާންތަކެއް ފެންނަމުންދާއިރު ސަރުކާރުން ވަނީ މި މުޒާހަރާތަކަކީ ނަވާޒް ޝަރީފްއާ ދެކޮޅަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާތަކާއި ގުޅިގެން ކުރިޔަށް ގެންދާ މުޒާހަރާތަކެއް ކަމަށް ބުނެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.