ނ. މިލަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ކުރިޔަށްދާ ކަމަށް އެމަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. 

އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ބަނދަރުގެ ބޭރު ތޮށި ލުމަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް ވަނީ މަސައްކަތްކުރަމުންދާ ސައިޓަށް ގެންގޮސްފައެވެ. 

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި 248 މީޓަރގެ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 286 މީޓަރ އެއްގަމު ތޮށި ހެދުމާއި، 137 މީޓަރ ރިވެޓްމަންޓް ޖެހުމާއި، ރޭމްޕެއް ހެދުމާއި، 1430 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި، 36,215 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމާއި، 1000 ކިއުބިކް މީޓަރަށް ނެރު ފުންކުރުމާއި، 10 މޫރިންގ ބްލޮކްސް ޖެހުމާއި، 20 މީޓަރ ގްރޯއިން ޖެހުމާއި، 14 ބަނދަރު ބައްތި ޖެހުމުގެ އިތުރުން 2 ނެރުބައްތި ޖެހުން ހިމެނެއެވެ.

42,183,081.60 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 330 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ. މި މަޝްރޫއުގައި ސޮއި ކޮށްފައި ވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު 25 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.