ވިލިމާލޭގައި ހުންނަ "ކުޑަކުދިންގެ ހިޔާ" ގައި ބަލަހައްޓަމުންދާ ޢުމުރުން 18 އަހަރު ނުފުރޭ ކުދިންތަކަކަށް އެތަނުގައި މަސައްކަތްކުރި މުވައްޒަފުންތަކެއްގެ ފަރާތުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާކުރި މައްސަލާގައި ހަ މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލައިފިއެވެ. 

މި ހަ މީހުންގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ މި ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. މި މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން ޕީޖީގެ ސަމާލުކަމަށް ގެންނެވި މައްސަލައެކެވެ. އަދި މި މައްސަލާގައި ޖިނާއީ ކުށެއްކަމަށް ތުހުމަތުކުރެވޭ ޢަމަލެއް ހިމެނޭކަމަށް ޕީޖީއަށް ފެނިވަޑައިގެން، ޤާނޫނުއަސާސީގެ 772 ވަނަ މާއްދާގެ (ޅ) ގެ ދަށުން ލިބިދޭ ބާރުގެ ދަށުން މި މައްސަލަ ތަޙުޤީޤުކުރުމަށް އަމުރެއް ފުލުހުންގެ މައްޗަށް ނެރެފައިވަނީ 11 އޮކްޓޯބަރު 2020 ގައެވެ. 

މި މައްސަލާގާއި ދައުވާކުރަން ފޮނުވާފައިވަނީ؛

1. މުހައްމަދު ޝަރީފް (ކ. މާލެ، ވ. ސަމާހިޔާ) - ގައިގައި އަތްލުމުގެ ދައުވާ

2. ހުސައިން އަހްމަދު (ކ. މާލެ، ވ. ފަންސި) - ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ދައުވާ

3. އަލީ އަހްސަން (ކ. މާލެ، ވ. ރިއޯ) - ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި، ގައިގައި އަތްލުން އަދި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ދައުވާ

4. ނަޖީޙް އަޙްމަދު (ކ. މާލެ، މއ. އަކިރިފުށި ދެކުނުބައި) - ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި، ގައިގައި އަތްލުން އަދި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ދައުވާ

5. އަހްމަދު ވަނޫދު (ކ. މާލެ ، ހ. ފޯސީޒަން) - ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި، ގައިގައި އަތްލުން އަދި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ދައުވާ

6. ހުސައިން ހަމްދޫން (ކ. މާލެ، ވ. އާސްމާން މަންޒިލް) - ގައިގައި އަތްލުމާއި ބިރު ދެއްކުމުގެ ދައުވާ

މިއީ މައްސަލައެއް ތަހުގީގު ކުރެއްވުމަށް ޕީޖީ އެންގެވި ދެވަނަ ފަހަރު ކަމަށްވާއިރު ޕީޖީ ހުސައިން ޝަމީމް ވަނީ މި މައްސަލާގައި ކޯޓަށް ވަޑައިގެން ވަކާލާތު ކުރައްވާނީ އެމަނިކުފާނު ކަމަށް ވިދާޅުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.