އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އިގްތިޞާދު އާރާސްތުކުރުމަށް އެހީތެރިވުމުގެ ގޮތުން ވޯލްޑް ބޭންކުން ރާއްޖޭގައި 107.4 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކުރިޔަށް ގެންދިޔުމަށް އެ ބެންކުގެ އެގްޒެކްޓިވް ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ. 

މި ޕްރޮޖެކްޓްގެ މައިގަނޑު އަމާޒަކީ ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ގާބިލްކަން އިތުރުކުރުމަށް އަމިއްލަ އިންވެސްޓްމަންޓްތައް ގެނައުމެވެ. މި ދެ ޕްރޮޖެކްޓް ވެސް ޑިޒައިން ކުރެވިފައިވަނީ ޖަޒީރާ ގައުމެއްގެ ގޮތުން މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އެގޮތުން އިޔާދަކުރަނިވި ހަކަތައަށް ބަދަލުވެ ތެލަށް ބަރޯސާވުން ކުޑަކޮށް ރާއްޖޭގެ ކާބަން ފުޓްޕްރިންޓް މީގެ ސަބަބުން ދަށްކުރެވިގެންދާނެ ކަމަށް ވޯލްޑް ބޭންކުން ދެކެއެވެ. 

މި ކަމާއި ގުޅިގެން ވާހަކަ ދައްކަވަމުން ވޯލްޑް ބޭންކްގެ ރާއްޖޭގެ ކަންޓްރީ ޑިރެކްޓަރ ފަރިސް ޒާވޯސް ވިދާޅުވީ ކޮވިޑާއި ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެ ބެންކްގެ ޕްރޮޖެކްޓްތައް ބިނާކޮށްފައިވަނީ އިގްތިޞާދު އަލުން އަނބުރާ ކޮޅަށް ޖެހުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ފަދަ ގޮތަކަށް ކަމަށެވެ. 
މި ޕްރޮޖެކްޓްގެ ދަށުން ގްރޭޓަރ މާލޭ އޭރިއާގެ ބޭރުން އިރުން ހަކަތަ އުފައްދާ މިންވަރު މިންވަރު އިތުރުކޮށް އެ ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ވަނީ އަމާޒުކުރެވިފައެވެ. މި ޕްރޮޖެކްޓްގެ ދަށުން ޖުމްލަ 42.5 މެގަވޮޓްގެ ކަރަންޓް އުފެއްދުމުގެ ގާބިލްކަން ރާއްޖެއަށް ލިބިގެންދާނެއެވެ. 2020 ވަނަ އަހަރު ރާއްޖެއިން ވަނީ 51 މެގަވޮޓްގެ ކަރަންޓް އިޔާދަކުރަނިވި ހަކަތައިން އުފެއްދުމަށް އަމާޒު ކަނޑައަޅާފައެވެ. 

ހަމައެހެންމެ މި ޕްރޮޖެކްޓްގެ ދަށުން ފަންނީ މީހުން ތަމްރީންކުރުމާއި ވައި އަދި ފެނުން ކަރަންޓް އުފެއްދޭތޯ ބެލުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ ހަކަތަ އުފެއްދުމުގެ ސިނާއަތުގައި އަންހެނުންގެ ދައުރު ފުޅާކުރުމާއި އެ ސިނާއަތުގައި އަންހެނުންނަށް ވަޒީފާ އުފެއްދައި އެ ވަޒީފާތަކަށް އަންހެނުން ތަމްރީންކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.