ބ. ފުޅަދޫ ބަނދަރު ތަރައްގީ ކުރުމަށް ކުރިޔަށް ގެންދާ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެގޮތުން މި ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްޓީސީސީއިން ވަނީ ހާމަކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރޭގައި 108 މީޓަރު ބޭރު ތޮށި ޖެހުމާއި، 302 މީޓަރު ރިވެޓްމެންޓް ޖެހުމާއި، 223 މީޓަރު އެއްގަމު ތޮށި ހެދުމާއި، ބަނދަރުގައި ރޭމްޕެއް ހެދުމާއި، ވޯކްވޭ ބްރިޖެއް ހެދުމާއި، އެއްގަމު ތޮށި ވަށައިގެން ޕޭވްމެންޓް ހެދުމާއި، ބަނދަރު ފުން ކުރުމާއި، ބަނދަރު ނެރު ފުންކުރުމާއި، 4 ނެރު ބައްތި ޖެހުމާއި، ބަނދަރު ސަރަހައްދުގައި 10 ލައިޓް ޖެހުމުގެ އިތުރުން 6 މޫރިން ބްލޮކް ހަރުކުރުން ހިމެނެއެވެ.
މި މަސައްކަތް ޕްލޭނިންގ މިނިސްޓްރީއިން އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 390 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 48.297,417.22 ރުފިޔާއަށެވެ.