ނައިބު ރައީސް ފައިސަލް ނަސީމް، އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.
ނައިބު ރައީސް އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ހެލްތު މިނިސްޓަރު މުހައްމަދު ނަސީމާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
އެ ބޭފުޅުން މިއަދު ވަނީ އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ޒިޔާރަތް ކުރައްވައި އެ ތަނުގެ މެނޭޖްމެންޓާ ބައްދަލު ކުރައްވާފައެވެ.
ނައިބު ރައީސް، މިއަދު ފުވައްމުލައް ސިޓީއަށް ވެސް ވަޑައިގަންނަވާނެއެވެ. އަދި ރޭގަނޑު މާލެ އެނބުރި ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ފުވުއްމުލަކީ ނައިބު ރައީސްގެ އުފަން ރަށެވެ. އެ ރަށަށް އާންމުކޮށް ނައިބު ރައީސް ވަޑައިގަންނަވައެވެ.