ކޮވިޑް-19އާ ގުޅިގެން ބޯޑަރު ބަންދުކުރުމަށްފަހު ޖުލައި މަހު އަލުން ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އައި އެއްލައްކަ ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔައިފިއެވެ. 

މިއަދު ހެނދުނު އެމިރޭޓްސް އެއާލައިން ރާއްޖެ އައި އެއްލައްކަ ވަނަ ޓޫރިސްޓަކީ ސުވިޒަލޭންޑުގެ އަންހެނެކެވެ. އޭނާ ރާއްޖެ އައީ ބައިވެރިޔާއެކުއެވެ. އެމީހުންނަށް މަރުހަބާ ކިޔުމަށް މިއަދު އެއާޕޯޓްގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. 

އެއްލައްކަ ވަނަ ޓޫރިސްޓް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ނިންމާފައިވަނީ އެނބޫދޫ ވިލެޖުގައި ދެ ހަފުތާއަށެވެ. 

ބޯޑަރު ހުޅުވާލިފަހުން ރާއްޖޭގެ ޓޫރިޒަމް އަންނަނީ ރަނގަޅުވަމުންނެވެ. ގިނަ ރިސޯޓްތަކަށް ބުކިންތައް މިހާރު ވަނީ ލިބިފައެވެ. އޭގެ އިތުރުން ގެސްޓްހައުސްތަކަށް ވެސް ޓޫރިސްޓުން ދަނީ އަންނަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.