އައްޑޫ ސިޓީއިން 79 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން 7 މީހަކަށް ދައުވާކުރަން ފޮނުވައިފިއެވެ.

މިކަން ހާމަކުރައްވަމުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ، 7 މީހެއްގެ މައްޗަށް 10 ދައުވާއެއް އުފުލާފައިވާކަމަށެވެ. 3 އޮކްޓޯބަރުގައި ހައްޔަރުކުރި މި މީހުންނަކީ ދެކުނުގެ ބޮޑު ނެޓްވޯކެއް ކަމަށާއި މި މައްސަލައާއި ގުޅިގެން ދައުލަތުން ހުށަހަޅާ ހެކިންނަކީ ފުލުހުން ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، މި މައްސަލަ ފުލުހުން ތަހުގީގުކޮށްފައިވަނީ ވަރަށް ރަނގަޅަށްކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. އަދި ޕީޖީގެ ޑްރަގް ޔުނިޓުގެ ބޭފުޅުން އެ ބޭފުޅުންގެ މަސައްކަތް ފުރިހަމަ ކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. 

މި މައްސަލަ މިހާރުވަނީ ހިތަދޫ ކޯޓަށް ހުށަހަޅާފައެވެ. ޕީޖީއޯ ވިދާޅުވީ ދެން ކުރިއަށް އޮތީ ރަނގަޅު ކޭހެއް ހުށަހެޅުންކަމަށާ އެކަމަށްވެސް ތައްޔާރުކަމަށް ވިދާޅުވެފައެވެ. އަދި ކޯޓުން އަވަސް ޝަރީޢަތެއް ހިންގަވާނެކަމަށް އުއްމީދުކުރާކަމަށް ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުވާ ކުރުމަށް ނިންމާފައިވަނީ ‎ޢަބްދުﷲ އިބްރާހީމް ސ. ހިތަދޫ/ފިނިފަރު، މުޙައްމަދު ޔާމިން ނަޞީރު ސ.ހިތަދޫ/ކޯޅި، ‎ޢަބްދުﷲ ސަޢީދު ސ. ހިތަދޫ/ވައިޓްރޯސް، ‎ޙުސައިން ސިމާޙު ސ. ހިތަދޫ/މަންދޫބުގ، ޙަސަން ޢާމިރު ސ. ހިތަދޫ/ފިނިފަރު، ރުޝާން އަޙްމަދުދީދީ ސ. ހިތަދޫ/މަންދޫބުގެ، އަދި ‎ހޫދު ލަޠީފް ސ. ހިތަދޫ/ބްލޫބާރޑްއެވެ.

އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންގައި 16 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން 8 މީހަކު ކޯޓުން ވަނީ ދޫކޮށްލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.