ޓޮޓެންހަމް ހޮޓްސްޕަރސްއަށް ކުޅެމުން އަންނަ އިނގިރޭސިވިލާތުގެ އެޓޭކިން މިޑްފީލްޑަރު ޑެލޭ އަލީ ހޯދުމަށް ފްރާންސްގެ ޕީއެސްޖީއިން މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. 

ރިޕޯޓްތައް ބުނާ ގޮތުން ޕީއެސްޖީއިން އޭނާ ހޯދުމަށް މަސައްކަތްކުރަމުން އަންނަނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ނިމިގެންދިޔަ ހޫނު މޫސުމުގެ ޓްރާންސްފަރ މާކެޓުގައި ޕީއެސްޖީއިން 24 އަހަރުގު އަލީ ހޯދުމަަށް މަސައްކަތްކޮށްފައިވެއެވެ. އެހެން ނަމަވެސް އެ ކްލަބްގެ ހުށަހެޅުން ޓޮޓެންހަމްގެ ޗެއަރމަން ޑެނިއެލް ލޭވީ ވަނީ ބަލައިނުގެންފައެވެ. 

ޓޮޓެންހަމްގައި އަލީގެ މުސްތަގުބަލާއި މެދު ސުވާލު އުފެދިފައިވާއިރު މި ސީޒަނުގެ ޕްރިމިއަރ ލީގުގައި އޭނާއަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފައިވަނީ އެންމެ ފަހަރަކުއެވެ. އަދި އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހު 6-1 އިން މެންޗެސްޓަރ ޔުނައިޓެޑް އަތުން މޮޅުވި މެޗަށްފަހު ޕްރިމިއަރ ލީގުގެ މެޗް ސްކޮޑްގައި ވެސް އޭޏާ ހިމަނާފައެއް ނުވެއެވެ. 

ބުރާސްފަތި ދުވަހުގެ ރޭ ރޯޔަލް އެންޓްވަރޕްއާ ދެކޮޅަށް ޔުއެފާ ޔުރޮޕާ ލީގުގައި ކުޅުނު މެޗުގައި އޭނާ ބެންޗްގައި އިން ނަމަވެސް ކުޅެން އަރުވާފައެއް ނުވެއެވެ. މިކަމާއި ގުޅިގެން އެޓީމުގެ ކޯޗު ޖޯސޭ މޮރީނިއޯ ވަނީ ހުރިހާ ކުޅުންތެރިން ހިތްހަމަޖައްސައިގެން ކަންކަން ނުކުރެވޭނެ ކަމަށް ބުނެފައެވެ. 

އަލީ ވަނީ ޓޮޓެންހަމްއަށް ކުޅުނު 230 މެޗުގައި އެޓީމަށް 64 ލަނޑު ޖަހައިދީފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.